މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ތ އަތޮޅުން ފެށިގެން ގދ އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން,  ތ.އަތޮޅުން ފެށިގެން ގދ.އަތޮޅާއި ހަމައަށް ޔެލޯ އެލަރޓް ނެރެފައިވަނީ މެންދުރު 12 ޖެހުމާއި ހަމައަށެވެ.

މެޓުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ވެސް ރާއްޖޭގެ އެކިހިސާބަަށް ގުގުރުމާއި އެކު ވިއްސާރަކުރާނެ ކަމަށާއި ހާއްސަކޮށް ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެން ވާ ކަމަށެވެ. 

މީގެ އިތުރުން މެޓުން ވިދާޅުވާ ގޮތުގައި ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. އެހެންކަމުން ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މެޓުން އިލްތިމާސްކުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *