ހއ.ހޯރަފުށީގައި ފުލުހުން ދުއްވާ ވެހިކަލެއް، އެރަށު ބަނދަރު ސަރަހައްދުގެ މަގު މެދުގައި ހުރި ހޮޅި ދަނޑިއެއްގައި ޖެހި އެކްސިޑެންޓްވެއްޖެއެވެ.
މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިއަދު ހެނދުނު 10:46 ހާއިރު، ހޯރަފުށީގައި ފުލުހުން ދުއްވާ ވެހިކަލެއް، އެރަށު ބަނދަރު ސަރަހައްދު ޕެޓްރޯލު ކުރަމުން ގެންދަނިކޮށް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ވިދާޅުވީ، އެ އެކްސިޑެންޓް ހިނގަން މެދުވެރިވީ، މަގުމަތީގައި އޮތް ވަޅުގަނޑަކުން ނައްޓާލަން އުޅުމުގެ ތެރޭގައި އެތާ ހުރި ހޮޅި ދަނޑިއެއްގައި ޖެހިގެން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށާއި އަދި، ނަމަވެސް އެ ވެހިކަލުގެ ކުރީ ލައިޓް ތަޅައިގެން ގޮސް، ބަފަރުގެ އަރިމަތި ފަޅައިގެން ގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
އެ ހާދިސާ މިހާރު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.