ކޯސްޓްލައިނުން ބ. އަތޮޅުގައި ހިންގި "ފިނޮޅު މޯލްޑިވްސް" ޖަރުމަނުގެ ކުންފުންޏެއް ކަމަށްވާ ސީސައިޑް ހޮޓެލްއަށް 90 މިލިއަން ޑޮލަރަށް ވިއްކާލައިފިއެވެ.

އަމިއްލަ ފުށި ވެސް ތަރައްގީ ކުރި، ކޯސްޓްލައިން ގްރޫޕުން ތަރައްގީކޮށްފައިވާ ފިނޮޅު ރިސޯޓް ވިއްކާލާފައިވަނީ އެޕްރީލް މަހު އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތައް ވިއްކައި ދިނުމުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މަޝްހޫރު ކޮންސަލްޓެންސީ ކުންފުނި ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ އިން ބުނެފައިވާ ގޮތުގައި މި މުއާމަލާތަކީ އެ ކުންފުނި މެދުވެރިކޮށް ޔޫރަޕުގެ ކުންފުންޏަކުން ދިވެހި ރިސޯޓެއް ގަތް ފުރަތަމަ ފަހަރު ކަމަށެވެ.

ދެހާސް ސޯޅަވަނަ އަހަރު ހުޅުވި ފިނޮޅު ރިސޯޓް މީގެ ކުރިން ހިންގަމުން ދިޔައީ ސްމޯލް މޯލްޑިވްސް އައިލެންޑް ކޮމްޕެނީއިންނެވެ.

އެ ރިސޯޓުގައި 125 ވިލާ ހިމެނޭ އިރު ދެ ކޮޓަރި އާއި އެއް ކޮޓަރީގެ ވިލާތައް ހިމެނެ އެވެ. އެގޮތުން ލެގޫން ވިލާ އާއި އޯޝަން ޕޫލް ވިލާ، ބީޗް ވިލާ، ބީޗް ޕޫލް ވިލާ، ދެ ކޮޓަރީގެ އޯޝަން ލެގޫން ޕޫލް ވިލާ އަދި ދެ ކޮޓަރީގެ ބީޗް ޕޫލް ވިލާ ހުރެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *