ވޭތުވެދިޔަ ހަފްތާ ތެރޭގައި މާލޭ ހިމެނޭ ސަރަހައްދުގައި 47 އެކްސިޑެންޓް ހިނގާފައިވާ ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާއްމުކުރި މިިދިޔަ ހަފްތާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، މާލެ ހިމެނޭ ސަރަހައްދުގައި 47 އެކްސިޑެންތް ހިނގާފައި ވާއިރު، އެތަނުން 6 އެކްސިޑެންޓެއްގައި ވަނީ މީހުންނަށް އެކިވަރުގެ އަނިޔާތައް ވެފައެވެ.
ނިމިދިޔަ ހަފްތާ ލައިސެންސް ނެތި ދުއްވައިގެން، 85 އުޅަނދު ހުއްޓުވާފައިވާއިރު، ހަތަރު ފުރޮޅުލީ ހަތް އުނޅަދަކާއި 22 ސައިކަލެއް ވަނީ ޓޯ ކޮށްފައެވެ.
ވެހިކަލް ދުއްވަން ކަނޑައަޅާފައިވާ ސްޕީޑަށްވުރެ ބާރު ސްޕީޑެއްގައި ދުއްވައިގެން 20 މައްސަލައެއް ފާހަގަކުރެވިފައިވެއެވެ. އޭގެ އިތުރުން 18 އަހަރު ނުފުރޭ ކުދިން އެއްގަމު އުޅަނދު ދުއްވި އެއް މައްސަލަ ވަނީ ފުލުހުން ބަލާފައެވެ.