މާބަނޑު ދުވަސްވަރަކީ އޭގެ ޒާތުގައިވެސް އުނދަގޫ ތަކާއި ކުރިމަތިލާންޖެހޭ ދުވަސްތަކެވެ. އެގޮތުންވެސް މާބަނޑުދުވަސްވަރު ބަނޑުގައި ވައިހެދި، ވައިބޭރުވާ މިންވަރު އިތުރުވުމަކީ އާންމު ކަމެކެވެ.
މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދެން މެދުވެރިވަނީ ކީއްވެ؟
މާބަނޑު ދުވަސްވަރު ބަނޑުގައި ވައިހެދެން މެދުވެރިވަނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓަރޯން ހޯރމޯންގެ ސަބަބުން ގޮހޮރުގެ މަސްތައް ދޫވުމުންނެވެ.
މިގޮތަށް ގޮހޮރުގެ މަސްތައް ދޫވެ، ހަމައަކަށް އެޅުމުން، ހަޖަމުކުރުން ލަސްކޮށްލައެވެ. އެހެންވުމުން ކާތަކެތި ގޮހޮރުގައި ހުންނަ ވަގުތު %30 އިތުރުވެގެން ދެއެވެ. މިހެންވުމުން ފަސޭހައިން ބަނޑުގައި ގޭސް އުފެދި، ބަނޑުފުއްޕައި، އަނގައިންނާއި، ފުރަގަހުން ވައިލެވޭގޮތް ވެއެވެ.
މާބަނޑުވެ، ވިހަން ކައިރިވެގެން އަންނަ ދުވަސްވަރު ގޭސް އުފެދެން މެދުވެރިވާ ސަބަބަކީ ބޮޑުވަމުން އަންނަ ރަހިމުން، ބަނޑުގެ އެތެރެއަށް ފިއްތުން ކުރިމަތިކުރުވައި، ހަޖަމުކުރުން ލަސްކުރުވާތީ އެވެ. މޭއެންދުން ނުވަތަ މެއިން ދިލަނެގުމާއި، ބަނޑުހަރުވުމަކީ ވެސް މިސަބަބުތަކާހުރެ ދިމާވާ ކަންކަމެވެ.
ބަޑުގައި ވައި އުފެދެން މެދުވެރިވާ ކާނާގެ ބާވަތްތައް:
* ގިނައިން ތެޔޮ އެކުލެވިގެންވާ ކާނާ
* ބީންސް
* ކެބެޖް، ކޯލީ ފްލާވާ
* ކިރު އެކުލެވިގެންވާ ތައްޔާރީ ކާނާ ( ޔޯގަޓް، ކިރު އެކުލެވިގެންވާ ބުއިންތައް)
* އެނާރޖީ ޑްރިންކްސް
* ގޮދަނުގެ ބާވަތްތައް
ގޭސްޓްރިކް މައްސަލަތަކާއި ވައި ބޭރުވުން ފަދަ ކަންތަކުން ދުރުވުމަށް ކުރެވިދާނެ ކަންތައްތައް:
* ކާބޯހައިޑްރޭޓްސް އެކުލެވޭ ބުއިންތަކާއި ދުރުވުން ( ކެފެއިން ހިމެނޭ ބާވަތްތައް، ކޯކު)
* ފެން ބޯއިރު ހޮޅި ބޭނުން ނުކޮށް ތަށިން ފެން ބުއިމަށް އާދަކުރުން
* ކެއުުމުގައި ވީހާވެސް ގިނައިން ތަރުކާރީ އާއި މޭވާ ހިމެނުން.
* އެއްފަހަރާ ގިނައިން ކެއުމުގެ ބަދަލުގައި މަދުން ލުއިކޮށް ކެއުން
ކެއުމުގައި ލަސްލަހުން ހަފައިގެން ކެއުމަކީވެސް ގޭސްޓްރިކް މައްސަލަތަކުން ދުރުވުމަށް އޮތް ހައްލެކެވެ. އާންމުކޮށް ބަނޑުތެރޭ ގޭސް އުފެދެން މެދުވެރިވަނީ ބަނޑުގައި ޖަރާސީމް އުފެދުމުންނެވެ. އެހެން ދިމާވާން މެދުވެރިވަނީ ކާއެއްޗެހި ކެއުމުގައި އަވަސް އަރުވައިގަނެ ކެއުމުގެ ސަބަބުން ރަނގަޅަށް ކާއެއްޗެހި ހަޖަމު ނުވެ ހުރުމުގެ ސަބަބުންނެވެ.
އެހެންކަމަުން ހާއްސަކޮށް މާބަނޑު ދުވަސްވަރު މިފަދަ ކަންތަކަށް ސަމާލުވެ ވީހާވެސް ސިއްހަތައް ފައިދާހުރި ގޮތަކަށް ދިރިއުޅުން ބައްޓަން ކުރުން މުހިންމެވެ.