ދުނިޔެ
އިޒްރޭލު ވެރިން ހިމާޔަތްކުރުމަށް ބައިނަލްއަގްވާމީ ކޯޓު ހިސާރުކުރާނެކަމުގެ އިންޒާރު އެމެރިކާއިން ދީފި

އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިޒްރޭލުގެ އިސް އޮފިޝަލުން ހައްޔަރުކުރަން އަމުރެއް ނެރެފިނަމަ، އެމެރިކާއިން ބާރުގެ ބޭނުން ކޮށްގެން ބައިނަލްއަގްވާމީ ކޯޓާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅަން އިޒްރޭލުން އެދެފި ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މިހާރު އެމެރިކާއިން ވަނީ ކޯޓާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމަށް އައިސީޖޭއަށް އިންޒާރު ދީފަ އެވެ.

2002 ވަނަ އަހަރު އެމެރިކާއިން ހޭގް އިންވޭޝަން ގާނޫނެއްގައި ސޮއި ކޮށްފައި ވެއެވެ. އޭގެ ދަށުން އެމެރިކާގެ އެއްވެސް އޮފިޝަލަކަށް ނުވަތަ ނޭޓޯގެ މެންބަރެއްގެ މައްޗަށް ޖިނާއީ ކޯޓެއްގައި ހަނގުރާމައިގެ ޖަރީމާތަކެއްގެ ދައުވާ އުފުލައިފިނަމަ އެމެރިކާގެ ދިފާއީ ބާރަށް ބައިނަލްއަގްވާމީ ކޯޓު ހިސާރު ކުރުމުގެ ބާރު ލިބިގެންވެ އެވެ.

ގައްޒާގައި އިޒްރޭލާއި ހަމާސްގެ ހަނގުރާމަވެރިންނާއި ދެމެދު ކުރަމުންދާ ހަނގުރާމައާއި ގުޅިގެން އިންޓަނޭޝަނަލް ކްރިމިނަލް ކޯޓުން އިޒްރޭލާއި ހަމާސްގެ އިސް އޮފިޝަލުން ހައްޔަރުކުރަން ކޯޓު އަމުރެއް ނެރެން އުޅޭ ކަމަށް އިޒްރޭލު ސަރުކާރުން ހާމަކޮށްފައި ވެއެވެ. އެއާއެކު، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ކޯޓު އަމުރުން ސަލާމަތްކުރުމަށް އެގައުމުން މަސައްކަތްތައް ކުރަމުންދާ ކަމަށް އިޒްރޭލުގެ އިސް އޮފިޝަލުން ރިޕޯޓްކޮށްފައި ވެއެވެ.

މީގެ އިތުރަށްވެސް، ނަތަންޔާހޫ ވަނީ ގައްޒާގެ ރަފާ ސަރަހައްދުގައި ކުރަމުންދާ ހަނގުރާމަ ހުއްޓުމަކަށް ގެންނަން ވިސްނާ ކަމަށް ބުނެފަ އެވެ. ނަތަންޔާހޫ މިގޮތަށް ނިންމީ ހަމާސްއާއިއެކީގައި ކުރެވުނު މަޝްވަރާތަކުގެ ދަށުން ހަމާސްގެ ބެލުމުގެ ދަށުގައި ތިބި ރަހީނުން ދޫކުރަން އެޖަމާއަތުން އެއްބަސްވުމާއި ގުޅިގެން ކަމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ.

ނަތަންޔާޙޫ މިހެން ބުނި ނަމަވެސް އަދިވެސް ގައްޒާގެ އާންމުންނަށް ހަމަލާދިނުމަށް ހުއްޓުމެއް އައިސްފައިނުވެ އެވެ.

ނަތަންޔާހޫއާއި އަރިސް ބައެއް މީހުން ބުނަމުންދަނީ އޭނާ މިވަގުތު ހުރީ އޭނާއާއި ދެކޮޅަށް ކޯޓު އަމުރެއް ނެރެފާނެތީ، އެކަމާއި ބިރުން ނެވެ. އެއާއެކު، އެންމެފަހުން އިޒްރޭލުގެ އަސްކަރިއްޔާއިން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ގައްޒާއަށް ދާ އިންސާނީ އެހީގެ މިންވަރު އިތުރަށް އިތުރުވާނެ ކަމަށެވެ.

މިވަގުތު ބައިނަލްއަގްވާމީ ކޯޓުން ދަނީ އިޒްރޭލާއި ދެކޮޅަށް ދެކުނު އެފްރިކާއިން ދައުވާ ކޮށްފައިވާ ނަސްލު ނައްތާލުމުގެ މައްސަލަ ބަލަމުން ނެެވެ.

1
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top