ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ކެޓްރީނާ ކެއިފް އެނާގެ އަމިއްލަ ކޮސްމެޓިކް ލައިނެއް ލޯންޗް ކުރަން ނިންމައިފިއެވެ.
އުމުރުން 35 އަހަރުގެ ކެޓްރީނާ ކައިފް އިންޑިއާގެ މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބުނެފައިވާ ގޮތުގައި، އެނާގެ އަމިއްލަ ކޮސްމެޓިކް ލައިނެއް ލޯންޗް ކުރުމުގެ މަސައްކަތް ކުރާތާ މިހާރު ދެއަހަރު ވެއްޖެއެވެ.
ކެޓްރީނާ ބުނީ، އެއީ ވަރަށް ގިނަ ދުވަހުގެ ވަރަށް ބޮޑު މަސައްކަތެއް ކަމަށާއި، އަދި އޭނާ އުންމީދު ކުރަނީ، މިއަހަރުގެ އޮކުޓޯބަރު މަހު އެ ކޮސްމެޓިކް ލައިން ލޯންޗް ކުރެވޭނެ ކަމަށް ކަމަށެވެ. އެނާ އިތުރަށް ބުނީ، އެނާ ހުރީ އެކަމާއި ވަރަށް އުފާވެފައި ކަމަށާއި، އަދި ލޯންޗް ކުރާ ދުވަސް ކައިރިވަމުން ދާވަރަކަށް އޭނާގެ އެކްސައިޓްމެންޓް ވެސް ދަނީ އިތުރުވަމުން ކަމަށެވެ.
ކެޓްރީނާ ވެގެންދަނީ ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އަމިއްލަ ކޮސްމެޓިކް ލައިނެއް ލޯންޗްކުރާ ފުރަތަމަ ބަތަލާއަށް ވެސްމެއެވެ.
ކެޓްރީނާ މިހާރު މަސައްކަތް ކުރަމުންދަނީ ސަލްމާން ހާން އާއިއެކު ފިލްމު "ބާރަތު"ގެ ޝޫޓިންތަކުގައެވެ.