ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކާއި އެކު، ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގި މައްސަލައާއި ގުޅިގެން ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 19 އަހަރުގެ ފިރިހެނެއް ކަމަށެވެ. އަދި އެމީހާ ހައްޔަރުކުރީ ރޭ ދަންވަރު  2:48 ހާއިރު ކަމަށެވެ.

ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެކުޑަކުދިންނަށް ވަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ.

ހުޅުމާލޭގައި ކުދަ ދެކުއްޖަކާއި އެކު ގަދަކަމުން ބަދުއަހްލާގީ އަމަލު ހިންގަން އުޅުނު މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *