މާދަމާއިން ފެށިގެން މާލޭސިޓީގެ ހުރިހާ ޕާކްތަކަށް ހިލޭ ވައިފައި ދޫކުރާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭސިޓީ ކައުންސިލުން ބުނީ، ވައިފައި ދޫކުރަނީ މާލޭގައި އާއްމުކޮށް މީހުން ގޮސްއުޅޭ ޕާކްތަކަށް ކަމަށާއި، ޕާކްތަކުން ކޮންމެ މީހަކަށްވެސް 30 މިނެޓް ހިލޭ ވައިފައި ލިބޭނެ ކަމަށެވެ.
އަދި މިޚިދުމަތާއެކު ޕާކުތަކަށް ހިތްހަމަ ޖައްސައިލުމަށް ގޮސްތިބޭ ފަރާތްތަކަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެކަމަށްވެސް، ޝިފާ ވިދާޅުވިއެވެ.
ޝިފާ އެހެން ވިދާޅުވެފައިވާއިރު، ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ރަސްރަނި ބަގީޗާ ބެލެހެއްޓުމުގައި ސިޓީ ކައުންސިލުން އިހުމާލުވެފައިވާ ކަމަށެވެ. ނަމަވެސް ސިޓީ ކައުންސިލުން ވަނީ އެކަން ދޮގުކޮށްފައެވެ.