ވެލި ބަރުކޮށްފައި އޮއްވައި އިއްޔެ ފެނުނު އުޅަނދަކީ ސިނަމާލެ ބްރިޖްގެ މަސައްކަތް ކުރި ޗައިނާގެ ސީސީސީސީ ކުންފުނީގެ އުޅަނދެއް ނޫން ކަމަށް ޗައިނާގެ އެމްބަސީން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން މިއަދު ވިދާޅުވެއްޖެއެވެ.

ޗައިނާ އެމްބަސީއާ ހަވާލާދީ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ފުލުހުން މިއަދު ވިދާޅުވީ، އެއީ ސީސީސީސީ ކުންފުންޏާ ގުޅުން ހުރި އުޅަނދެއް ނޫން ކަމަށާއި، އެ އުޅަނދަކީ ސީސީސީސީގެ ސަބް ކޮންޓްރެކްޓް ކުންފުންޏަކުން ގެނައި އުޅަނދެއް ކަމަށެވެ. އަދި އެ ސަބް ކޮންޓްރެކްޓް މިހާރު އުވާލާފައިވާ ކަމަށާއި، އެ އުޅަނދު ނިސްބަތް ވަނީ ހުންނާން އައުބޯ ޓެކްނޮލޮޖީ ލިމިޓެޑަށް ކަމަށެވެ.

އެ ހާދިސާއާއި ގުޅޭ ގޮތުން ކަސްޓަމްސް އިން މިއަދު އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، އެ ބޯޓަކީ ސިނަމާލެ ބުރިޖުގެ މަސައްކަތްކުރި ޗައިނާ ކޮމިނިއުކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ނަމުގައި އެތެރެކޮށްފައިވާ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު ރާއްޖޭގައި ދަތުރު ކުރަނީ ކަމާބެހޭ އެއްވެސް ފަރާތަކުން ހުއްދަ ނުހޯދައި ކަމަށް ކަސްޓަމްސުން ބުނެއެވެ.

ގަވައިދާ ހިލާފަށް ވެލި ބަރުކޮށްފައި އޮތް ބޭރުގެ އުޅަނދެއް ފެނިގެން ފުލުހުންނާއި ކަސްޓަމްސް އިން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *