އިންޑިއާގެ އާންމު އިންތިހާބުގައި ބޮޑު ކާމިޔާބީއެއް ހޯއްދެވި ފަހުން ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަންނަމަހު ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މޯދީ ރާއްޖެ ވަޑައިގަންނަވަނީ މި ސަރަހައްދުގެ ގައުމުތަކަށް ކުރައްވާ ދަތުރުފުޅެއްގެ ތެރެއިންނެވެ. އެގޮތުން އެންމެ ފުރަތަމަ މަންޒިލަކީ ރާއްޖެއެވެ.

އަންނަ މަހުގެ ކުރީކޮޅު މޯދީ ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައި ވީނަމަވެސް އެދަތުރުފުޅުގެ ތަފްސީލެއް  ސަރުކާރަކުން ވެސް ފޮރިން މިނިސްޓްރީ އަކުންވެސް ރަސްމީކޮށް ހިއްސާއެއް ނުކުރެއެވެ.

މިއީ މޯދީ ރާއްޖެއަށް ކުރައްވާ ދެ ވަނަ ދަތުރެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިދިޔަ ނޮވެމްބަރު މަހު ވެސް މޯދީ ރާއްޖެ ވަޑައިގަތެވެ. އެކަމަކު އެ ފަހަރު ކުރެއްވީ ވަރަށް ކުރު ދަތުރުފުޅެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ވެސް މޯދީ ރާއްޖެ ވަޑައިގަތުމަށް ނިންމެވި ނަމަވެސް ރާއްޖެ ވަޑައިގެންފައެއްނުވެއެވެ. އޭރު ވަނީ އިންޑިއާ އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައެވެ. އެކަމަކު ރައީސް ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަސައްކަތް ވަނީ ފައްޓަވައިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *