ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ (ބީއޭސީ)ގެ ސެކެރެޓަރީ ޖެނެރަލަކަށް ރާއްޖޭގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސާ ނާޝިދު އިންތިހާބުކޮށްފިއެވެ.
ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ ސެކެރެޓަރީ ޖެނެރަލަކަށް މޫސަ އިންތިހާބްކޮށްފައިވަނީ މިއަދު ހެދުނު ޗައިނާގައި ކުރިއަށްދިޔަ ބެޑްމިންޓަން އޭޝިޔާ ކޮންފެޑަރޭޝަންގެ އަހަރީ އާންމު ޖަލްސާގައެވެ. މޫސަ މި މަޤާމަށް އިންތިހާބުވެފައިވަނީ ހޮންކޮންގެ ޓޮން ވައި ލިންއާއި ވާދަކޮށެވެ.
މިއީ ރާއްޖޭގެ މެންބަރަކު ބީއޭސީގެ އިސްމަޤާމަކަށް އިންތިހާބުވި ފުރަތަމަ ފަހަރުއެވެ.މި މަޤާމުގެ ދައުރަކީ 5 އަހަރު ދުވަހެވެ. ބީއޭސީގެ ރައީސަކަށް އިންތިހާބުވީ އިންޑޮނޭޝިޔާގެ އެންޑޮން ސުބޮވޯއެވެ. ހަޒާންދާރަކަށް ހޮވިފައިވަނީ ލެބަނަންގެ ޖަސީމް ޖަނޯސޯއެވެ.
މި އިންތިހާބުގައި އޭޝިޔާގެ 40 ގައުމަކުން ވޯޓްލާފައިވެއެވެ. މޫސަ މި މަޤާމަށް އިންތިހާބުވީ 27 ވޯޓާއި އެކުއެވެ.