މާލޭގައި އިސްކުރު ފެން ބޭނުންކުރާ މިންވަރު ނުވަ އަހަރު ތެރޭގައި 46 ޕަސެންޓް އިތުރު ވެފައިވާ ކަމަށް އެމްޑަބްލިއުއެސްސީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ. 

އެމްޑަބްލިއުއެސްސީގެ މައުލޫމާތުގެ މައްޗަށް ބިނާކޮށް ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިކްސްއިން އާންމުކުރި ފެކްޓްޝީޓްގައި ދައްކާ ގޮތުން 2010ވަނަ އަހަރު މާލޭގައި ބޭނުން ކޮށްފައިވަނީ 24،965 މެޓްރިކް ޓަނުގެ ފެނެވެ. ނަމަވެސް މިއަދަދު 46 ގުނަ އިތުރުވެ، މިދިޔަ އަހަރު ވަނީ 36,522 މެޓްރިކް ޓަނަށް އުފުލިފަ އެވެ.

ފެނުގެ މި ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު 36,522 މެޓްރިކް ޓަނުގެ ފެން ވަނީ ބޭނުން ކޮށްފަ އެވެ. މިއީ 2017 ވަނަ އަހަރު މާލޭގައި ބޭނުންކުރި 35,117 މެޓްރިކް ޓަނުގެ ފެނާ އަޅާ ބަލާނަމަ ހަތަރު ޕަސެންޓުގެ އިތުރު ވުމެކެވެ.

ވިޔަފާރިއާ ގުޅޭ ތަންތަނުން ފެން ބޭނުންކުރާ އަދަދު ވެސް ވަނީ 100 ޕަސެންޓަށްވުރެ އިތުރުވެފަ އެވެ. އެފަދަ ތަންތަނުން 2010 ވަނަ އަހަރު ބޭނުން ކޮށްފައިވަނީ 2,027 މެޓްރިކްޓަނުގެ ފެނެވެ. 

ނުވަ އަހަރު ތެރޭގައި ގޭބިސީތަކުގައި ފެން ބޭނުންކުރި އަދަދު ވަނީ 41 ޕަސެންޓަށް އިތުރުވެފަ އެވެ. ގޭ ބިސީތަކުގައި 2010 ވަނަ އަހަރު 22,389 މެޓްރިކް ޓަނުގެ ފެން ބޭނުން ކޮށްފައިވާއިރު، 2018 ނިމުނުއިރު މި އަދަދު ވަނީ 31,773 މެޓްރިކް ޓަނަށް އިތުރު ވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *