މިއަހަރުގެ އުރީދޫ މަސްރޭހުގެ އަންހެން ރައުންޑުން މޮޅުވެ ސްޓެލްކޯ ވުމެންސް ރޭހުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.

ސްޓެލްކޯއިން ރޭހުގެ ފައިނަލަށް ދަތުރުކުރީ މިރޭގެ ރައުންޑްގައި، ބީއެމްއެލް ޔުނައިޓެޑް، ޑީއެސްސީ ވުމެންސް އަދި އެމްޓީސީސީ ކަނބަލުންގެ މައްޗަށް ކުރި ހޯދައިގެންނެވެ.

ސްޓެލްކޯ ވުމެންސް އާއި އެކު ފިތުރު އީދު ދުވަހު ބޭއްވޭ ފައިނަލް ރައުންޑްގައި ވާދަކުރާނީ ޓީމް ބޮއި، ސްޓެލްކޯ މެންސް އަދި ވެލައްސަރެވެ.

އުރީދޫގެ އެސިސްޓެންޓް މެނޭޖަރ ޕަބްލިކް ރިލޭޝަން ނޫރާ އިބްރާހިމް ޒާހިރް، ޖަޒީރާ ނިއުސް އަށް މައުލޫމާތު ދެމުން ވިދާޅުވީ، މިއަހަރުގެ އުރީދޫ މަސްރޭހުގެ ގްރޫޕް ސްޓޭޖުގެ ރައުންޑްތައް ނިމި ފައިނަލާއި ހިސާބަށް އައިސްފައިވާއިރު ޓީމްތަކުން ލިބުނު ތަރުހީބު ވަރަށް ބޮޑު ކަމަށެވެ.

"މިއަހަރުގެ ރޭސް ވަރަށް ފޯރިގަދަކޮށް ކުރިއަށް މިދަނީ. ޓީމްތަކުން ލިބޭ ތަރުހީބު ވަރަށް ބޮޑު" ނޫރާ ވިދާޅުވިއެވެ.


މިއަހަރުގެ އުރީދޫ މަސް ރޭހުގައި ހަތަރު އަންހެން ޓީމު ހިމެނޭހެން ޖުމްލަ 16 ޓީމެއް ވާދަކޮށްފައިވެއެވެ. 

މިއީ އުރީދޫއިން މިރޭސް ބާއްވާތާ 10 ވަނަ އަހަރެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *