ގުގުރުމާއި އެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް ފ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން އެލަރޓް ނެެރެފައިވަނީ މިރޭ 22:30 އިން މެންދަމު 1:30ގެ ނިޔަލަށެވެ.
ފ އަތޮޅުން ތ އަތޮޅަށް ޔެލޯ އެލަރޓް ނެރެފައިވާއިރު, މެޓުން ވަނީ ގިނަ ސަރަހައްދުތަކަށް ވައިޓް އެލަރޓްވެސް ނެރެފައެވެ.
މެޓް އޮފީހުން ވަނީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.