ހެންވޭރު، އާޓިފިޝަލް ބީޗާއި ދިމާ މަޖީދީ މަގުގައި ހުންނަ ތޫމް ރެސްޓޯރެންޓްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެންއެމްޑީއެފުން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ އެތަނުގެ ބަދިގޭގައި ހުރި ގޭސްފުޅި ކައިރީގައި ހުރި ޑަސްބިންގައި ކަމަށެވެ.
އަދި އެ ހާދިސާގެ ރިޕޯޓް ލިބުމުން އެންއެމްޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ޓީމެއް އެސަރަހައްދަށް ގޮސް ރޯވި އަލިފާންގަނޑު ނިއްވާލައިފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
ތޫމް އަކީ އަރަބިކް ކާނާއަށް ހާއްސަ ރެސްޓޯރެންޓެކެވެ.