ހުޅުމާލޭގައި ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ބުނާ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

ފުލުހުން ވިދާޅުވީ ދެކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ރޭ މެންދަމު 01:00 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުންދާ ކަމަށެވެ.

މި މައްސަލައިގައި ހިމެނެނީ ކުޑަކުދިން ކަމުން އެ މައްސަލައާއި ބެހޭ އިތުރު ތަފްސީލެއް ފުލުހުން ދެއްވާފައެއް ނުވެއެވެ.

މި މައްސަލައި މީހަކު ހައްޔަރުކޮށްފައި ނުވާއިރު ޖިންސީ ގޯނާގެ ޝިކާރައަކަށްވި ދެކުދިންނަށް ހުޅުމާލޭ ހޮސްޕިޓަލުގައި ރޭ ފަރުވާ ދީފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ފަހަކަށް އައިސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރާ މައްސަލަތައް ވަނީ އިތުރުވެފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *