ރަމަޟާން މަހުގެ 17 ވަނަ ދުވަހުގެ އިރު ދުނިޔެއާއި އަލްވަދާއު ކިޔުމާއި އެކު އަހަންނާއި އަހަރެންގެ އެކުވެރިއެއް މާލޭ އިތުމަތީ ފަރާތުގައި އޮންނަ ކާނިވަލަށް ދިޔައީ އެތަނުގެ މިންސް ޑެލީއިން ރޯދަވީއްލުމަށެވެ.

ރަށްޓެހިންގެ މެދުގައި އެތަނަކީ މަގުބޫލުތަކަކަށްވެފައި, އެތަނުގެ އިފްތާރުގެ ރަހަވެސް ރަނގަޅުކަމަށް ބުނާތީ ހުދު އަމިއްލައަށް އެކަން ތަޖުރިބާކޮށްލުމުގެ ބޭނުމުގައެވެ. ސައިކަލާއި ގޮސް ކާނިވާއަށް ވަންނަން އޮންނަ މަގުން ކާނިވާއަށް ވަދެ, އަރިމަތީގައި ސައިކަލު ޕާކުކޮށްލާފައި މިންސް ޑެލީއާއި ދިމާއަށް މިސްރާބު ޖެހީމެވެ. އެއިރު އެތަނުގެ އިފްތާރު މެނޫ އަތައް ލައިގެން ވެއިޓަރަކު އަހަރެމެންގެ އިސްތިގުބާލުގައި މިންސް ޑެލީގެ ދޮރުމައްޗަށްވާ ކަހަލަގެ ގޮތަކަށް ހުއްޓެވެ. "އަންނަނީ އަންނަނީ. ބަރާބަރު މީރުވަނީ" އަހަރެމެން އޭނާއާއި އަރާ ހަމަވުމުން އެ މީހާގެ އަންބާގެ ޖާދޫގައި އަހަރެމެން ޖެއްސޭތޯ މަސައްކަތް ކުރިއެވެ. އަހަރެމެން ގާތަށް ކުޑަކޮށް ހިނިވެސް އައެވެ. ނަމަވެސް އެކަން ބޭރުފުށުން ނުދައްކާ އަހަރެމެންގެ ނަން ބުނެލީމެވެ. އެއާއި އެކު އިތުރު ވެއިޓަރަކު އައިސް އަހަރެމެންނަށް ހާއްސަކޮށްފައިވާ ގޮނޑިއާއި މޭޒު ދެއްކިއެވެ.

ބަންގި ގޮވަން 5 މިނެޓަށް ވުމާއި އެކު އަހަރެމެން ތިބި މޭޒަށް ކާތަކެއްޗާއި، ފަނީގެ އިތުރުން ރޯދަވީއްލުމަށް ބޭނުންވާ އެހެނިހެން ސާމާނު ގެނެސް ހަމަވިއެވެ. ތަށި ފުރެންދެން އެހުރީ މިންސް ޑެލީގެ ރަހަ މީރު ކާނާތަކެވެ. މަސްހުނީގެ އިތުރުން މީރު ޑެވިލްޑް ބީފެވެ. ކުޅުދިޔާވެގެން ހުރެ އަތުކުރީގައި އޮތް ގަޑިއަށް ބަލަމުން ދިޔައީ ބަންގި ގޮވާ ގަޑި ޖެހޭތޯއެވެ. ފަސް މިނެޓްގެ ކުޑަ ވަގުތުކޮޅެއްވެސް އަހަރެމެންނަށްވީ 5 ގަޑިއިރުފަދައެވެ. އެހެންކަމުން ބަންގި ގޮވުމާއި އެކު ބިސްމިކިޔާ ކަދުރަކުން ރޯދަ ވީއްލާލުމަށް ފަހު ކަނާތް ފަރާތުގައި ހުރި ކަރާ ފަނިތަށިން ކޯވަރެއް ބޯލީމެވެ. އަސްތާއެވެ! ކަރުތެރެއަށް ހީވީ އިތުރު އާރޯކަމެއް ލިބުނު ހެނެވެ. މުޅި ހަށިގަނޑު ފިނިވެގެން ދިޔައެވެ.

ބުއިމަށް އިންސާފުކުރުމަށް ފަހު ކުރިމަތީގައި ކާތަކެތިން ފުރިފައިވާ ތަށިން ފަހަރަކު ބާވަތެއް ކަމުން ގޮސް މުޅި ތަށި އެކީއެކައްޗަކަށް ހުސްކޮށްލައިފީމެވެ. ގެނައިވަރު މަދުވެގެން އިތުރަށް ގެނެސް ދިނުމަށް ވެއިޓަރުކައިރިން އެދުނީމެެވެ. ހިނިތުންވުމާއި އެކު ވެއިޓަރު ބުނީ ބޭނުންވަރަކަށް ބޭނުން އެެއްޗެއް ލިބޭނެ ކަމަށެވެ. އަދި ބޭނުން ނަަމަ ވަކިން އެ އެއްޗެއްވެސް ލިބޭނެ ކަމަށެވެ. ބުފެޓްއަަކަށް ނުވިއެއް ކަމަކު މި ހިދުމަތް އަހަރެމެންނަށް މާ ކަމުދިޔައެވެ. އިންތަނުން ގުޑި ނުލާއިދެ ކޮށްލާ އިޝާރާތަކާއި އެކު އެހެރެގެން ކާތަކެތި އައިސް ސުފުރާމަތި ފުރާލަނީއެވެ.

މިންސް ޑެލީއިން ރަމަޟާން މަހަށް ތިން އިފްތާރު މެނޫއެއް ތައާރަފްކޮށްފައިވާއިރު އެ ތިން މެނޫގެ އަގުގައިވެސް މާބޮޑު ފަރަޤެއް ނޫޅެއެވެ. 133 ރުފިޔާއިން ފެށިގެން 155 ރުފިޔާއާއި ދެމެދުގެ އަގުތަކެއްގައި އެތަނުގެ އިފްތާރު މެނޫތައް ހުރި އިރު ކޮންމެ މެނޫއެއްގައިވެސް ދިވެހިވަންތަ ރަހަތަކުގެ އިތުރުން ދިވެހިންނަށް ކަމުދާނެ ބޭރުގެ ރަހަތައް ހިމަނާފައިވެއެވެ. މީގެ އިތުރުން ކަސްޓަމަރުން ބޭނުން ނަމަ ކަސްޓަމް އޯޑަރގެ ހިދުމަތްވެސް މިންސް ޑެލީއިން ލިބެން ހުންނާނެއެވެ.


މިންސް ޑެލީއިން އަހަރެމެން ރޯދަވީއްލައިގެން ނުކުމެގެން ދިޔައީ ހިނިތުންވުމާއި އެކު ހިތްހަމަ ޖެހިގެންނެވެ. އަދި ދެވަނަ ފަހަރަށްވެސް އެތަނަށް އައުމުގެ އުންމީދުގައެވެ.

މިންސް ޑޭލީއިން ކުރާ ކޮންމެ 10 އޯޑަރަކުން އެއް އޯޑަރ ހިލޭހިބޭއިރު، އެތަނުގެ އިފްތާރަށް ބުކް ކުރެއްވުމަށް ގުޅުއްވާނީ 7980790 ނަންބަރު ފޯނާއެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *