ވައްކަން ކުރުމުންދާ ކަމަށް ބުނެ ކ. ދިއްފުށީ ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ދެ ރޭ މަތިން އެރަށުގައި ހިންގި މާރާމާރީތަކާއި ހަމަނުޖެހުންތަކާ ގުޅިގެން، ކޯޓު އަމުރެއްގެ ދަށުން 32 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި އެ މީހާ ހައްޔަރުކޮށްފައި ވަނީ ތޫނު އެއްޗަކުން ހަމަލާ ދިން މައްސަލައެއްގައިކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް 10 ދުވަސް ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

ދިއްފުށީގައި ހަމަނުޖެހުންތައް ހިންގަމުން ދަނީ އެރަށު ފިހާރައެއް ފަޅާލާ އެ ފިހާރައިގެ ތިޖޫރީ ވަގަށް ނެގި މައްސަލައެއްގައެވެ. އެ މައްސަލައިގައި ވައްކަމުގައި ޝާމިލްވި ކަމަށް ބުނާ ފަރާތްތަކާއި އެރަށުގެ ރައްޔިތުންނާއި ދެމެދު ހަމަނެޖެހުންތައް ހިންގަމުން އަންނައިރު، ރޭ އަދި އޭގެ ކުރީ ރޭވެސް އެރަށުގައި ހަމަނުޖެހުންތައް ހިންގާ ބަޔަކު ވަނީ ޒަހަމްކޮށްލައިފައެވެ.

ދިއްފުށީ ހިންގަމުން އަންނަ ހަމަނުޖެހުންތަކުގެ މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *