ސްޓޭޑް ޓްރޭޑިންގ އޯގަނައިޒޭޝަން، އެސްޓީއޯއިން ވިއްކާ ޑީސެލް އާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފިއެވެ.
މި ބަދަލާއެކު މިއަދުން ފެށިގެން އެސްޓީއޯއިން ޑީސަލް ލީޓަރެއް ވިއްކާނީ 11.97 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 11.39 ރުފިޔާއަށެވެ.
އެސްޓީއޯއިން ޑީސެލް އާއި ޕެޓްރޯލްގެ އަގު ހެޔޮކޮށްފައި މިވަނީ މި ދެބާވަތުގެ އަގު ބޮޑުކުރިތާ ގިނަ ދުވަސްތަކެއް ނުވަނީހެވެ.
އެގޮތުން މި މަހުގެ ތިން ވަަނަ ދުވަހު އެސްޓީއޯއިން ޑީސަލް އަދި ޕެޓްރޯލްގެ އަގަށް ގެނައި ބަދަލާއި އަޅާ ބަލާއިރު މިހާރު ޕެޓްރޯލް ލީޓަރަކުން 10 ލާރި ޑީސަލް ލީޓަރަކުން 14 ލާރި އަގުހެޔޮވާނެއެވެ.
އެސްޓީއޯ އިން ޑީސަލް އާއި ޕެޓްރޯލްގެ އަގު ދައްކޮށްފައިވަނީ ބައިނަލްއަޤުވާމި ބާޒާރުގައި މި ދެބާވަތުގެ އަގު ދައްވުމާއި ގުޅިގެންނެވެ.