ކ.ދިއްފުށީގައި މިރޭވެސް މާރާމާރީ ހިންގާ ބަޔަކަށް ހަމަލާދީފިއެވެ.
ދިއްފުށިގައި މިރޭވެސް މާރާމާރީ ހިންގާފައިވާކަން ފުލުހުންވަނީ ކަށަވަރުކޮށްދީފައެވެ. އެ ރަށުގައި ހިންގަމުންދާ ހަމަނުޖެހުންތަކަކީ އެ ރަށުގެ ފިހާރައަކުން -/180،000 ދިވެހި ރުފިޔާގެ ތިޖޫރިއެއް ވަގަށް ނެގުމާއި ގުޅިގެން ހިނގާ އާންމުން ނިކުމެ އެކަން ތަހުގީގު ކުރުމަށް ކަމަށްބުނެ ހިންގަމުންދާ ކަންކަމެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިރޭވެސް ހަމަލާ ދީފައިވަނީ އެ މައްސަލައިގައި ޝައްކުކުރެވޭ ފަރާތްތަކަށެވެ. އަދި ވަގަށް ނަގާފައިވާ ތިޖޫރިވެސް ވަނީ ހޯދާފައެވެ. ނަމަވެސް މައުލޫމާތު ލިބޭގޮތުގައި ތިޖޫރިވަނީ ފަޅާލާފައެވެ. އަދި އޭގޭގައި އެއްވެސް ފައިސާއެއް ނެތްކަމަށް މަޢުލޫމާތ ލިބެއެވެ.
ދިއްފުށީގައި ރޭ ހިނގި ހަމަނުޖެހުންތަކުގައި ހިނގި މާރާމާރީއެއް ގައި ވަނީ ދެ މީހަކަށް ވަރަށް ބޮޑަށް އަނިޔާކޮށްފައިވެއެވެ. އޭގެ ތެރެއިން ހާލު ސީރިޔަސްވި މީހާ ވަނީ މާލެ ގެނެސް އޮޕަރޭޝަންވެސް ކޮށްފައެވެ.
އަދި ރޭގެ ވަގުތެއްގައިވަނީ ދިއްފުށި ފަޅުގައި އޮތް ޑިންގީއެއްގައިވެސް ރޯކޮށްލާފައެވެ. ޑިންގީ ރޯކޮށްފައިވަނީ އެއީ އެރަށުން ވައްކަން ކުރަމުންދާ މީހެއްގެ ޑިންގާ ކަމަށް ބުނެ އެވެ.