އިއްޔައިން ފެށިގެން އިޒްރޭލުގެ ބައެއް ސަަރަހައްދުތަކުގައި ރޯވި، އަލިފާންގަނޑު އެ ގައުމުގެ ބޮޑު ބަޔަކަށް ފެތުރެމުން އަންނާތީއަލިފާން ނިއްވުމުގައި ހަރަކާތްތެރިވަމުން އަންނަ ފަރާތްތައް ކުއްލި ހާލަތައް ގެނެސް ރެޑް އެލަރޓް ނެރެފިއެވެ.

އިޒްރޭލްގެ އެކި ސަރަހައްދުތަކުގައި އަލިފާން ރޯވެ ފެތުރެމުން ދަނީ ހޫނުގަދަވުމުގެ ސަބަބުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެގައުމުގެ ހުޅަނގު އައްސޭރި އިން އިސްރާއީލް ހިފާފައިވާ ސަރަހައްދާއި، ބެއިރިތު ޙައްޤާއި، ހެބްރޮން ފަރުބަދަ މަތީގައި ރޯވެފައިވާ ބިޔަ އަލިފާންގަނޑު މިހާރު ވަނީ އަވަށް ގަނޑާއި ދިމާލަށް މިސްރާބު ޖަހާފައެވެ.

އިޒްރޭލްގެ ގައުމީ ސަލާމަތާއި ބެހޭ ފަރާތްތަކާއި ހަވާލާދީ އެގައިމުގެ ނޫސްތަކުން ބުނި އަލިފާންގަނޑު ފެތުރެމުން އަންނާތީ ގިނަ ގެތަކުން މީހުން ހުސްކޮށް، ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *