ރާއްޖޭގައި ގަވާއިދާއި ޚިލާފަށް މަސައްކަތް ކުރަމުން އައި ބިދޭސީއަކު ދިވެއްސަކާއި މާރާމާރީ ހިންގައިފިއެވެ.

ފުލުހުން ހާމަކުރެއްވި ގޮތުގައި 22 މޭގެ 00:17 ހާއިރު ހުޅުމާލޭ ލޯކަލް މާރުކޭޓް ތެރޭގައި ބިދޭސީ އަކާއި ދިވެއްސަކު މާރާމާރީ ހިންގައި، ދިވެހި މީހާއަށް ކުދި އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލަ ހުށަހެޅި ފަރާތުން ބިދޭސީ މީހާގެ މައްޗަށް ދައުވާ ކުރަން ބޭނުން ނުވާތީ ބިދޭސީ މީހާ ދޫކޮށްލި ކަމަށާއި، ނަމަވެސް ފަހުން ބެލި ބެލުމުން 22 އަހަރުގެ އެ ބިދޭސީ މީހާއަކީ ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީއެއްކަން އެނގުމުން އެ ބިދޭސީ މީހާ ހައްޔަރުކޮށް މިހާރު އޭނާގެ މައްޗަށް މުއްދަތު ޖަހާފައިވާ ކަމަށެވެ.

އަދި ހުޅުމާލޭ މާރުކޭޓުގައި އެ ބިދޭސީ މީހާ މަސައްކަތް ކުރަމުން އަންނަނީވެސް ގަވާއިދާއި ޚިލާފަށްކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *