ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފެބްރުއަރީ މަހާ އަޅާ ބަލާއިރު މާރިޗް މަހު ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބުނު ފައިސާގެ ޢަދަދު 69 އިންސައްތަ ވަނީ އިތުރުވެއެވެ.

އެގޮތުން މާރިޗު މަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް ޖުމްލަ 83،176،441 މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ މިއަހަރުގެ ފެބްރުއަރީ މަހާއި އަޅާ ބަލާއިރު، %4.3 އިތުރު އަދަދެކެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރިސޯޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވަނީ 73 މިލިއަން ރުފިޔާއެވެ. އަދި ރަށްރަށުގައި ހުންނަ  ހޮޓާ/ ރެސްޓޯރެންޓްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދެ މިލިއަން ރުފިޔާ ލިބުނު އިރު، ގެސްޓް ހައުސްތަކުން މާރިޗު މަހު ގްރީން ޓެކުހުގެ ގޮތުގައި ލިބިފައިވަނީ ހަަތަރު މިލިއަން ރުފިޔާއެވެ.

މާރިޗް މަހު އެންމެ ގިނައިން ގްރީން ޓެކްސް ލިބިފައިވަނީ މާލެ އަތޮޅުންނެވެ. އެގޮތުން މާލެ އަތޮޅުން ވަނީ ގްރީން ޓެކްސްގެ ގޮތުގައި 27 މިލިއަން ދައްކައިފައެވެ.

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ޤާނޫނުގައި ބުނާގޮތުން ދިވެހިރާއްޖޭގައި ހިންގާ  ފަތުރުވެރިންނަށް ޚިދުމަތްދޭ ތަންތަނަށް އަންނަ ފަތުރުވެރިން،  އެތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގަން ޖެހެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *