ގދ. ތިނަދޫގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުކުރެވި ގޮސް ގެއެއްގެ ފާރެއްގައި ޖެހި އެކްސިޑެންޓް ވެއްޖެއެވެ. ފުލުހުން ހާމަަ ކުރައްވާ ގޮތުގައި މި އެކްސިޑެންޓް ހިނގާފައިވަނީ މިއަދު ހަވީރު 17:23 ހާއިރުގައެވެ.
މި އެކްސިޑެންޓް ހިނގަން ދިމާވީ ގާޒީ މަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލްއަކުން ދުރަށްޖެހި ނައްޓާލަން އުޅެނިކޮށް ކަމަށް ފުުލުހުން ހާމަ ކުރައްވައެވެ. މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާއެއް ވެފައެއް ނުވެއެވެ.
ނަމަވެސް އެކްސިޑެންޓްވި ކާރު ގޮސް ޖެހުނު ގޭގެ ފާރު ވެއްޓި އެ ކާރަށް ވަނީ ގެއްލުން ވެފައެވެ. މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުޤީގު ކުރަމުންނެވެ.