މާލޭ ސިޓީއަށް ބޯކޮށް ވާރޭ ވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމާއި ގުޅިގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސް އިްން ޕަމްޕު ބޭނުންކޮށްގެން މަގުތަކުގައި ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުން ޕަމްޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ކުރިއަށް ގެންދާ ސަރަހައްދުތަކަކީ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ކައިރި، ވެސްޓް ޕާކް ކައިރި އަދި ދުވާ ޓްރެކް ކައިރީ ބޮޑު ތަކުރުފާނު މަގުގައެވެ.
މިއަދު ހެދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ. އެގޮތުން މާލޭގެ މައި މަގުތައްކަމަށްވާ (އަމީނީ މަގު، މަޖީދީ މަގު) ގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑު ވެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުންވަނީ ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ހުރިހާ އަތޮޅަކަށެ ވައިޓް އެލާޓްވެސް ނެެފައެވެ.