މިއަދު ހެދުނުން ފެށިގެން މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވެއްޖެއެވެ. އެގޮތުން މާލޭގެ މައި މަގުތައްކަމަށްވާ (އަމީނީ މަގު، މަޖީދީ މަގު) ގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑު ވެފައެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މެޓް އޮފީހުންވަނީ ވައިޓް އެލާޓް ނެެފައެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ހުރިހާ އަތޮޅަކަށެވެ.
މެޓް އޮފީހުން ނެރުނު ވައިޓް އެލާޓްގައި ވިދާޅުވެފައިވަނީ، މިއަދު ހެނދުނު 11:15 އިން ފެށިގެން ހަވީރު 04:00 އާ ދެމެދުގެ ވަގުތުތަކުގައި ރ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.
މާލެއަށް ވާރޭވެހިފައިވާއިރު ހުޅުމާލެއަށްވެސް މިއަދު ވަނީ ބޯކޮށް ވާރޭވެހިފައެވެ.