ރާއްޖޭގެ ސިއްހީ ނިޒާމް ތަރައްގީ ކުރަން ހެލްތު މިނިސްޓްރީ އާއި ކިއުބާއާ ދެމެދު އެެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ޖެނީވާގައި ކުރިޔަށް ދަނީ 72 ވަނަ އެސެމްބްލީތެރެއިން އެ އެއްބަސްވުމުގައި ރާއްޖެއިން ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނެވެ. ކިއުބާއިން ސޮއި ކުރެއްވީ އެ ގައުމުގެ ޕަބްލިކް ހެލްތު މިނިސްޓަރެވެ. 

ކިއުބާ އާއި ރާއްޖޭގެ މި އެއްބަސްވުން އައީ ސްވިޒްލޭންޑްގެ ޖެނީވާގައި މިހާރު ކުރިއަށްދާ ވޯލްޑް ހެލްތު އެސެމްބްލީގެ ބައްދަލުވުމުގެ އަރިމަތީގައި ދެ ގައުމުން ކުރިން މަޝްވަރާތަކުގެ ތެރެއިންނެވެ. 

ހެލްތު މިނިސްޓްރީން މިއަދު ހާމަކުރެއްވި ގޮތުގައި، ދެ ގައުމުގެ މި އެއްބަސްވުމުގެ ދަށުން ރާއްޖެއަށް ބޭނުންވާނެ ޑޮކްޓަރުން ގެނެސް ދިނުމާއެކު އިންސާނީ ވަސީލަތްތައް ކިއުބާއިން ތަރައްގީކޮށް ދޭނެއެވެ. އަދި ބޭހާއި ކާބޯތަކެތި ޓެސްޓް ކުރުމާއި މައިކްރޯ ބަޔޮލޮޖިކަލް ޓެސްޓްތަކާއި، ކެމިކަލް އަދި އެންވަޔަރަންމަންޓަލް ލެބޯޓަރީ ޓެސްޓްތަކުގެ ހިދުމަތްތަކުގެ ހިދުމަތްވެސް މި އެއްބަސްވުމާއި އެކު ލިބިގެންދާނެ ކަމަށް އެބޭފުޅުން ހާމަކުރައްވައެވެ.

މީގެ އިތުރުން ނަރުހުންގެ ސްޕެޝަލައިޒޭޝްން ތަމްރީން ޕްރޮގްރާމްތަކަށް ވެސް ކިއުބާއިން އެހީ ވެދޭނެ އެވެ. ރައީސް މައުމޫންގެ ވެރިކަމުގެ ކުރީ ކޮޅުގައި ކިއުބާ އާއި ރާއްޖެއާ ވަރަށް ގާތް ގުޅުމެއް އޮތެވެ. އަދި ތައުލީމީ ދާއިރާއިން ރާއްޖެއަށް ގިނަ ފުރުސަތުތަކެއް ކިއުބާއިން ހޯދައިދިނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *