ފިހާރަތަކާއި ރެސްޓޯރެންޓްތައް 24 ގަޑިއރު ހިންގުމުގެ ހުއްދަދޭން އިކޮނޮމިކް މިނިސްޓްރީއިން ފަށާފައިވާ މަސައްކަތުގެ ދަށުން އައްޑޫ ސިޓީގައި 24 ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދެވޭނެ ސަރަހައްދުތައް އިކޮނޮމިކް މިނިސްޓްރީން ކަނޑައަޅައިފި އެވެ.

އެގޮތުން އައްޑޫގައި 24 ގަޑިއިރަށް ހުޅުވާފައި ބަހައްޓަން ހުއްދަދިން ސަރަހައްދުތަކަށް ބަލާއިރު، ހިތަދޫއިން ހިތަދޫ ބަނދަރު ސަރަޙައްދު، ހިތަދޫ ޒިޔާރަތް ފަންނު ސަރަހައްދު އަދި ރީޖަނަލް ހޮސްޕިޓަލް ސަރަހައްދެވެ.

މަރަދޫ: މަރަދޫ ބަނދަރު ސަރަހައްދު، މަރަދޫ ސިއްޙީ މަރުކަޒު ސަރަހައްދު، މަރަދޫފޭދޫ: މަރަދޫފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ: ފޭދޫ ބަނދަރު ސަރަހައްދު، ފޭދޫ ސިއްޙީ މަރުކަޒު ސަރަހައްދު މީގެ އިތުރުން ހުޅުދޫ: ހުޅުދޫ ބަނދަރު ސަރަހައްދު، ހެރެތެރެ ޗެނަލް ސަރަހައްދު، މީދޫ: މީދޫ ބަނދަރު ސަރަހައްދު، ހުޅުމީދޫ ސިއްޙީ މަރުކަޒު ސަރަހައްދު، ހުޅުމީދޫ މެދު ބަނދަރު ސަރަހައްދެވެ.

ސައުވީސް ގަޑިއިރު ވިޔަފާރި ކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް މި ސަރުކާރު ފެށީ މިދިއަ މާޗް މަހު އެވެ. މިހާތަނަށް 14 ތަނަކަށް ވަނީ ހުއްދަ ދީފަ އެވެ. މި ހުއްދަ ދެނީ އަހަރަކު 2،000ރ. ގެ ފީއަކަށެވެ. އަދި ކޮންމެ ދެ އަހަރަކުން ހުއްދަ އާކުރަން ޖެހެ އެވެ.

މި ހުއްދަ ދިނުމުގައި ބަލާ ޝަރުތުތަކާ ހިލާފުވާ ފުރަތަމަ ފަހަރު ހަ މަހަށް ހުއްދަ ހިފަހައްޓާނެ އެވެ. އަދި އެކަން ތަކުރާރުކޮށް ކުރާނަމަ ހުއްދަ ބާތިލް ކުރާނެ އެވެ.

ފިހާރަތަކާއި ރެސްޓޯރަންޓްތައް 24 ގަޑިއިރު ހިންގުމުގެ ހުއްދަ ދޭން އިނޮކޮމިކް މިނިސްޓްރީން ފަށާފައިވާ މަސައްކަތުގައި މާލޭގެ ބައެއް ވިޔަފާރިތަކަށްވެސް މިހާރު ވަނީ ހުއްދަ ދީފަ އެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *