ދިގު ދެމިގެން ދިޔަ އިންޑިއާގެ އާއްމު އިންތިޚާބަށް ފަހު ވޯޓް ގުނަން ފަށާފައި ވާއިރު މިހާތަނަށް ލިބިފައިވާ ނަތީޖާތަކުން އިންޑއާގެ މިހާރުގެވެސް ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ބީޖޭޕީ އިން ބޮޑު ތަފާތަކުން އިންތިޚާބު ކާމިޔާބު ކުރާނެކަން ކަށަވަރު ވެއްޖެ އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މިއަދު ވޯޓު ގުނަން ފަށާފައި ވާއިރު އެންމެ ފުރަތަމަ ހާމަކުރި ނަތީޖާތަކުން ވެސް މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އުޅެނީ ވާދަކުރާ 542 ގޮނޑީގެ ތެރެއިން 279 ދާއިރާއަކުން ކުރީގައެވެ. އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީ ކުރީގައި އުޅެނީ އެންމެ 52 ގޮނޑިއެއްގަ އެވެ.

އެހެންކަމުން ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ 272 ގޮނޑި މޯދީގެ ބީޖޭޕީ އިން ހޯދާނެ ކަން މިހާރު ވެސް ވަނީ ކަށަވަރު ވެފައެވެ.

ސަރުކާރު އެކުލުވާލުމުގެ ބާރު ލިބޭނީ 272 ގޮނޑި ލިބޭ ޕާޓީއެއް ނުވަތަ ކޯލިޝަނަކަށް ވުމާއި އެކު ބީޖޭޕީ އަށް މިހާރު އެއްވެސް ހާސްކަމެއް ނެތެވެ. 

އަދި މިއީ މި 1984 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެ ދައުރު އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ. 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *