މަޝްހޫރު ރިއަލިޓީ ތަރި ކައިލީ ޖެނާ މިދިޔަ މަސްތެރޭ އިއުލާންކުރި އޭނާގެ "ސްކިން ކެއަރ"ގެ އުފެއްދުންތައް ދައްކާލައިފިއެވެ.
އެއްކޮށްހެން ފިޔާތޮށި ކުލައިގެ ޕެކްގައި ހުރި "ކައިލީ ސްކިން" ގެ އުފެއްދުންތައް ދައްކައިލީ މުޅިން ހަމަ އެ ކުލައަށް ހާއްސަ ކޮށްފައި ބޭއްވި ހާއްސަ ޕާޓީއެއްގެ ތެރެއިންނެވެ.
ކައިލީ ސްކިންގެ އުފެއްދުންތަކުގެ ތެރޭގައި ފުރަތަމަ ދައްކާލި އެއްޗެހީގެ ތެރޭގައި ވޯލްނަޓް ފޭސް ސްކްރަބަކާއި ފޯމިން ފޭސް ވޮޝް އަކާއި ފޭސް މޮއިސްޗަރައިޒާއަކާއި ވެނީލާ މިލްކް ޓޯނާއަކާއި ވިޓަމިން ސީ ސިރަމްއަކާއި އައި ކްރީމެއް ހިމެނެ އެވެ. މިއި ގްލޫޓަން އަދި ޕަރަބެން ފްރީ އުފެއްދުންތަކެކެވެ.
މި އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ހުރިހާ ބާވަތެއް ހިމެނޭ "ކައިލީ ސްކިން ސެޓް" ގެ އަގަކީ 125 ޑޮލަރެވެ. މޭކަޕް ރިމޫވާ 10 ޑޮލަރަށް، ވެނީލާ މިލްކް ޓޯނާ 22 ޑޮލަރަށް، ވިޓަމިން ސީ ސިރަމް 28 ޑޮލަރަށް، ފޭސް މޮއިސްޗަރައިޒާ 24 ޑޮލަރަށް އައި ކްރީމް 20 ޑޮލަރަށް އަދި ޓްރެލަވަލް ބޭގް 22 ޑޮލަރަށް ލިބެ އެވެ.
ޕާޓިއަށް އައި ގިނަ މެހެމާނުުންވެސް ފިޔާތޮށި ކުލައިން ހެދުން އަޅާފައިވާއިރު، އެންމެ ފާހަގަކޮށްލަންޖެހޭ ކަމަކީ އެ ޕާޓީގައ ހުރި ކާނާތައްވެސް ހާއްސަކޮށްފައިވަނީ އެ ކުލައަށް ކަމެވެ.
ކައިލީ ޖެނާއަކީ ބިލިނިއަރުން ތެރޭގައި ޅަ އުމުރުގައި ބިލިއަނަރަކަށްވި އެކެކެވެ.