ވިލުފުށީ ދާއިރާއަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރު، ހަސަން އަފީފް މަޖިލީހުގެ ރައީސް ކަމަށް ގެނެވުމަށް ޕީޕަލްސް ނޭޝަންލް ކޮންގްރެސް، ޕީއެންސީން ތާއީދުކުރައްވައިފިއެވެ.

މިރޭ އެޕާޓީން ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުގައި ޕީއެންސީގެ ނައިބު ރައީސް އަހުމަދު ނިޙާން ހުސެން މަނިކު ވިދާޅުވީ، މަޖިލީހުގެ ރައީސް ކަމަށް އަފީފް ގެނެވުމަށް ރައީސް ކުރެއްވި ތާއީދަށް އެޕާޓީންވެސް ތާއީދުކުރާކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައި ތިއްބެވި މެންބަރުންގެ ތެރެއިން އެ މަގާމަށް އެންމެ ގާބިލް މެންބަރަކީ ހަސަން އަފީފް ކަމަށް ރައީސް ޞޯލިހު މިރޭ ވަނީ ވިދާޅުވެފައެވެ.

"މިރޭ ރައީސް ތާއީދު ކުރައްވައިފި ބޭފުޅަކަށް މަޖިލީހުގެ ރައީސަކަށް ގެނެވުމަށް. އަޅުގަނޑުމެން ދެ ޕާޓީންވެސް ބުނަން ބޭނުމީ އެ ރައީސް ތާއީދު ކުރެއްވި ބޭފުޅާއަށް އަޅުގަނޑުމެންގެ ތާއީދުވެސް އެބައޮތޭ. މިހާވަރަށް އަޅުގަނޑުނެން އެބަދެން އެއްބާރުލުން މި ސަރުކާރުން ކުރާ ކަންކަމަށް" ނިޙާން ވިދާޅުވިއެވެ.

ޕީއެންސީން މަޖިލީހުގެ ރައީސަކަށް އަފީފް ގެނެވުމަށް ތާއީދުކޮށްފައިވާއިރު، އެޕާޓީއާއި އެކު ކޯލިޝަން ހަދާފައިވާ ޕީޕީއެމް އިން އަފީފް މަޖިލީހުގެ ރައީސަކަށް ގެނެވުމަށް ތާއީދުކުރައްވާކަން ހާމަކޮށްފައެއް ނުވެއެވެ.

"އަޅުގަނޑުމެން އަދި ވަކި ބޭފުޅަކަށް ތާއީދު ކުރާކަމަށް ނުނިންމަން. އެކަން ނިންމާނީ ޕާޓީގެ ލީޑަރޝިޕާއި މަޝްވަރާ ކުރުމަށް ފަހު" ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

އަފީފްގެ އިތުރުން މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ޝައުގުވެރިކަން ފާޅުކުރައްވާފައި ވަނީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމާއި މަރަދޫ ދާއިރާގެ އިބްރާހިމް ޝަރީފް (މަވޯޓާ)ގެ އިތުރުން މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *