އައިޖީއެމްއެޗްގެ އިމާރާތުގައި ހިންގަމުން އައި އެތެރެހަށީގެ ބަލިތަކާއި ކުޑަކުދިންގެ ހާއްސަ ބަލިތަކުގެ އޯޕީޑީ ދަރުމަވަންތަ ހޮސްޕިޓަލުގެ އިމާރާތަށް ބަދަލުކުރަން ނިންމައިފިއެވެ.

އައިޖީއެމްއެޗުން ބުނިގޮތުގައި އެ ޚިދުމަތްތައް ދޭނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ދެ ވަނަ ފްލޯއިންނެވެ. 

މީގެ ކުރިން އައިޖީއެމްއެޗްގެ ތެރޭގައި ދެމުން އައި ފިޒިއޮތެރަޕީ ޑިޕާޓްމެންޓް ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ހަތަރުވަނަ ފަންގިފިލާއަށް ބަދަލުކޮށްފަ އެވެ. ކުރިން އައިޖީއެމްއެޗްގެ އިމާރާތުގައި އެ ޑިޕާޓްމެންޓް ހުރި ތަން މިހާރު ބޭނުން ކުރަނީ އެމެޖެންސީ ވޯޑެއްގެ ގޮތުގައެވެ.

އައިޖީއެމްއެޗުން ވިދާޅުވީ، އަންނަ ޖުލައި މަހުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލުގެ މުޅި އިމާރާތް ބޭނުން ކުރަން ފަަށާނެ ކަމަށެވެ.

ދަރުމަވަންތަ ހޮސްޕިޓަލަކީ 500 އެނދުގެ ހޮސްޕިޓަލަކެވެ. އެ އިމާރާތަށް ދައުލަތުގެ ބަޖެޓުން 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުކޮށްފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *