ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އެއް މަސް ދުވަހުގެ މުއްދަތަކަށް އިތުރުކުރަން ނިންމައިފިއެވެ.

އެގައުމުގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި، ލަންކާގެ ރައީސް މައިތިރިޕާލާ ސިރިސޭނާ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އެ މަސް ދުވަހަށް އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. އަދި އެއްމަސް ދުވަހަށް އިތުރު ކުރީ، އެގައުމުގެ މަޝްރަހު އަދި އެއްކޮށް ހަމައަކަށް ނޭޅޭތީއާއި އަދި އެގައުމުގެ ގައުމީ ސަލަމާތުގެ މަސްލަހަތަށްވެސް ބަލާފައި ކަމަށެވެ.

ސްރީލަންކާގައި މިދިޔަ މަހުގެ 21 ވަނަ ދުވަހު ދިން ނިރުބަވެރި ބޮމުގެ ހަމަލާތަކުގެ ސަބަބުން ވަނީ 250 އަށް ވުރެ ގިނަ މީހުން މަރުވެ، 500 އަށް ވުރެ ގިނަ މީހުން ޒަހަމުވެފައެވެ.

އިސްލާމިކް ސްޓޭޓް (އައިއެސް)އިން ވަނީ އެހަމަލާތަކުގެ ޒިންމާ ނަގާފަ އެވެ. އެޖަމާއަތުގެ ލީޑަރު އަބޫ ބަކުރު އަލް ބަޣުދާދީ ފެންނަ ވީޑިއޯއެއްގައި އޭނާ ވަނީ އެހަމަލާ ދިނީ، ސީރިއާގައި އައިއެސްއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ކަމަށް ބުނެފަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *