ހަތަރު ރަށެއްގައި މަގު ހެދުމާއި ތާރުއެޅުމުގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

އެމްޓީސީސީއަށް ތާރުއަޅަން ހަވާލުކޮށްފައިވާ ހަތަރު ރަށަކީ، ހދ. ހަނިމާދޫ. ރ. ދުވާފަރާއި އުނގޫފާރު އަދި ލ. ފޮނަދޫއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ އިން ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން އެތަނުގެ ސީއީއޯ ހަސަން ޝާހު ސޮއިކުރެއްވި އިރު، މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝަނާ ފާރޫގެވެ. 

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝާލާ ވިދާޅުވީ، ހަތަރު ރަށުގެ މަގު ހެދުމުގެ މަސައްކަތް އެމްޓީސީސީ އާއި ހަވާލުކުރީ އެކަން ކުރުމުގެ ގާބިލްކަން އެމްޓީސީސީގައި ހުރުމުން ކަމަށެވެ.

މަސައްކަތްތައް ހަވާލުކުރި އަގުތައް:

  • ހަނިމާދު - 46 މިލިއަން ރުފިޔާ
  • ފޮނަދޫ - 25 މިލިއަން ރުފިޔާ
  • އުނގޫފާރު - 19 މިލިއަން ރުފިޔާ
  • ދުވާފަރު - 28 މިލިއަން ރުފިޔާ  

އެ މަޝްރޫއަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 118 މިލިއަނެއްހާ ރުފިޔާ ހޭދަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެމްޓީސީސީގެ ސީއީއޯ ޝާހު ވިދާޅުވީ، ކަނޑައެޅިފައިވާ މުއްދަތަށް ހުރިހާ ރަށެއްގެ މަސައްކަތް ނިންމާލަން މަސައްކަތް ކުރާނެ ކަމަށެވެ. ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއަށް އެ ޕްރެޖެކްޓްތަށް ހަވާލުކޮށްފައިވަނީ 7 މަހުން ނިންމާ ގޮތަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *