ސްރީ ލަންކާގައި ވިސާ ނެތި ދިރިއުޅެމުންދާ ދިވެހިންގެ ތެރޭގައި، އެ ގައުމަށް ބޭހަށް ގޮސް ފިލައިގެން އުޅޭ ދިވެހިން ވެސް ހިމެނޭ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ޝާހިދު ވިދާޅުވީ، ވިސާ ނެތި ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން އެ ގައުމުގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނަށް ގުޅައި އެ މީހުންގެ މައުލޫމާތު މިހާރު ދެމުން އަންނަ ކަމަށެވެ.

"އެ މީހުންގެ ނަމާއި ހުރިހާ މައުލޫމާތެއް އެމްބަސީއަށް ގުޅާފައި އެބަދޭ. އެކަމަކު ހުންނަ ތަނެއް ބުނާކަށް ބޭނުމެއް ނުވޭ،" މިނިސްޓަރު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ވިސާ އަދި ޕާސްޕޯޓުގެ މުއްދަތު ހަމަވެފައިވާތާ ފަސް އަހަރު ވެފައިވާ ދިވެހިން ލަންކާގައި އެބައުޅެއެވެ. އަދި ވިދާޅުވީ، ލަންކާގެ ގާނޫނުތަކުގެ ތެރެއިން އެ މީހުން ޖޫރިމަނާ ކުރުމަށް ފަހު، ރާއްޖޭގެ ހައި ކޮމިޝަނުން ދޭ ލިޔުމަކަށް ބަލައި ވިސާ އާ ކޮށްދިނުމަށް ލަންކާގެ ސަރުކާރުގައި ރާއްޖެ އިން އެދިފައިވާ ކަމަށެވެ. އަދި އެ ގައުމުން އެކަން ކޮށްދޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ވިސާގެ މުއްދަތު ހަމަވެފައިވާ ގިނަ ދިވެހިންތަކެއް ލަންކާގައި ދިރިއުޅެމުންދާއިރު، އެ މީހުން "ފަޅާއެރީ" އެ ގައުމުގައި މިދިޔަ މަހު ގޮއްވާލި ބޮންތަކާ ގުޅިގެން، ބިދޭސީންތައް ލަންކާގެ ޕޮލިސް ސްޓޭޝަންތަކުގައި ރަޖިސްޓަރީވާން އެންގުމުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *