ޚަބަރު
އޮކްޓޫބަރުގެ ފަހުކޮޅު ޔޫރަޕްގެ ސިޓީތަކަށް ޝެޑިއުލް ދަތުރުތައް ފެށޭނެ

މިއަހަރުގެ އޮކްޓޫބަރު ނުވަތަ ނޮވެމްބަރުގެ ފަހުކޮޅު ޔޫރަަޕާއި ޗައިނާގެ ސިޓީތަކަށް ޝެޑިއުލްޑް ދަތުރުތައް ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު  މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރޭ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ސްޓޫޑިއޯގައި އޮތް “އަހާ” ފޯރަމްގައި މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

މިނިސްޓަރު މިފަދައިން ވިދާޅުވީ ވައިޑް ބޮޑީ އެެއާކްރާފްޓްތަކުގެ އޮޕަރޭޝަންތައް ފެށޭނެ ކަމާއި ދޭތެރޭ އަމާޒުވި ސުވާލަކަށް ޖަވާބުދެއްވަމުން ނެވެ. މިނިސްޓަރު ވިދާޅުވީ ވައިޑް ބޮޑީ އެއާކްރާފްޓްތައް ގައުމީ އެއާލައިން މޯލްޑިވިއަންގެ އޮޕަރޭޝަނަށް ގެނެސްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެއް ކަމަށެވެ. މިކަމުގެ ތަފްސީލުތައް އޮޅުންފިލުވާދެއްވަމުން މިނިސްޓަރު ވިދާޅުވީ 2000 ވަނަ އަހަރުން ފެށިގެން 2018 އާއި ހިސާބަށް އައިއިރު މޯލްޑިވިއަންއަކީ ވަކިން ހާއްސަކޮށް ވަރަށް ރަނގަޅު ނިޒާމެއްގެ ތެރޭގައި ހިނގަމުންދިޔަ ކުންފުންޏެއް ކަމަށެވެ.

“ރިކޯޑްސްތަކަށް ބަލާއިރުވެސް ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ ދައުލަތަށް ހަމަކޮންމެ ދުވަހެއްގެވެސް ޑިވިޑެންޑް ދައްކަމުން އައި ކުންފުންޏެއް. އަޅުގަނޑުމެން ސަރުކާރު ހަވާލުވެގެން ހުރިހާ ކުންފުންޏެއް އެސެސްކުރުމުގެ ތެރެއިން އަޅުގަނޑުމެންނަށް ފާހަގަވެގެންދިޔަ މިވޭތުވެދިޔަ ފަސް އަހަރުދުވަހުގެ ތެރޭގައި މޯލްޑިވިއަން ހަމަ އެތައް މިލިއަން ރުފިޔާއަކުން ދަރަނިވެރިވެފައި ވަނީ”

މޯލްޑިވައިންއަށް ގެއްލުންތަކެއް ލިބުނު ނަމަވެސްް ޓުއަރިޒަމް ސެކްޓާގެ ދަށުން ބޭރު ގައުމުތަކަށް ދަތުރުކުރުމުން ގައުމަށް ވަރަށް ބޮޑު އިގްތިސާދީ ހިއްސާއެއް ގެނެސްދޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގައުމެއްގެ ސަލާމަތަށް އެގައުމެއްގެ ގައުމީ އެއާލައިން ވަރަށް މުހިންމުކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ. އެހެންކަމުން، ގައުމީ އެއާލައިންގެ ފްލީޓްގައި ވައިޑް ބޮޑީ އެއާކްރާފްޓް ހިމެނުން މުހިންމު ކަމަށް ރައީސް ތަސައްވަރުކުރެއްވިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ވައިޑް ބޮޑީ އެއާކްރާފްޓެއް ރާއްޖޭގެ ރަޖިސްޓްރީއަށް ގެންނަން ވަރަށް ދުވަސް ނަގާނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ އޮކްޓޫބަރު ނުވަތަ ނޮވެމްބަރުގެ ފަހުކޮޅު މިކަންތައް ފަހިވެގެންދާނެކަން ހާމަކުރައްވާފަ އެވެ.

0
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top