ރާއްޖޭގައި ޓެކްސީ ހިދުމަތް ދިނުމަށް ބޭނުންކުރާނެ އޮންލައިން އެޕްލިކޭޝަނެއް ތައްޔާރު ކުރަން ނިންމައި އެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނު ކޮށްފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ކުރި އިއުލާނެއްގައި ވަނީ، ޓެކްސީ ހިދުމަތުގެ އެޕްލިކޭޝަން ތައްޔާރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 30 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ. އަދި، މިމަހުގެ 29 އަދި 30 ވަނަ ދުވަހު އެ އޮތޯރިޓީ އަށް ވަޑައިގެން މައުލޫމާތު ސާފުކުރުމަށްވެސް ވަނީ އެދިފައެވެ.

މާލެއާއި ހުޅުމާލެ ގުޅުވައިދޭ ބުރިޖާއި ހައިވޭ އާންމު ދަތުރުފަތުރަށް ހުޅުވާލި ފަހުން ޓެކްސީތަކުން ބޮޑު އަގެއް ނަގަމުންދާ ކަމުގެ މައްސަލައާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީން ނިންމާފައި ވަނީ ޓެކްސީތަކުގައި މީޓަރު ބޭނުން ކުރުމަށެވެ. ޓެކްސީ މީޓަރަށް ބޭނުންކުރާނީ މޯބައިލް އެޕްލިކޭޝަނެއް ކަމަށް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ޓްރާންސްޕޯޓުން ބުނީ މި އެޕްލިކޭޝަނަކީ މިޓަރުގެ ފީޗާ އާއެކު ޓެކްސީ ހޯދަން ފަސޭހަ ވާނެ ގޮތަށް ތައްޔާރުކުރާ އެޕްލިކޭޝަނެއް ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *