ސަރުކާރުން ދެމުން އަންނަ ގައުމީ އިނާމު، މި އަހަރުން ފެށިގެން ގައުމީ ދުވަހު ދޭގޮތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަމަޖައްސަވައިފި އެވެ.

ގައުމީ އިނާމު، ގައުމީ ދުވަހު ދޭ ގޮތަށް ހަމަޖައްސާފައިވަނީ، ގައުމީ އިނާމަކީ ގައުމަށް ތަފާތު އެކި ރޮނގު ރޮނގުން ހިދުމަތް ކުރައްވާ ބޭފުޅުންގެ އަގު ވަޒަންކުރަން ދޭ އިނާމަކަށް ވާތީ ކަމަށް ރައީސް އޮފީހުން ހާމަ ކުރައްވައެވެ. 

ގައުމީ ދުވަހު ގައުމީ އިނާމު ދޭގޮތަށް ހަމަޖެއްސުމުން، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ އިނާމާއި ހާއްސަ އިނާމުތައް ދެއްވާނީ، މިހާރެކޭ ވެސް އެއްގޮތަށް ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގަ އެވެ.

ރައީސް އޮފީހުން ވަނީ ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 10 ވަނަ ދުވަހާ ހުޅުވާލާގޮތަށް ނިންމައިފަ އެވެ.

ގައުމީ ދުވަހަކީ ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލް މަހުގެ 1 ވަނަ ދުވަހެވެ. އެ ދުވަސް ފާހަގަކުރަނީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި އައްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމްގެ ޒިކުރާ އާ ކުރުމަށެވެ.

މީގެ ކުރިން ގައުމީ އިނާމު ދެމުން އައީ ނޮވެމްބަރު 11ގައި ފާހަގަކުރާ ޖުމްހޫރީ ދުވަހުގެ ރަސްމީ މުނާސަބަތުގަ އެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *