މަސްތުވަތަކެއްޗާއިއެކު ގދ.ގައްދޫއިން ފުލުހުންގެ ބެލުމުގެ ދަށަށް މީހަކު ގެންގޮސްފިއެވެ.

ފުލުހުން ވިދާޅުވީ، ގައްދޫގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސްއަށް ލިބުނު މައުލޫމާތަކާއި ގުޅިގެން، އެރަށުގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި، 18 އަހަރުގެ ދިވެހި ޒުވާނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، އިއްޔެ މެންދުރު ހިންގި އެ އޮޕަރޭޝަނުގައި އެރަށު މަގުމަތިން އެމީހާ ހުއްޓުވައި، ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ދެ ސެލޯފިންކޮޅު މިމީހާ އަތުން ފެނިފައިވާ ކަމަށެވެ.

އެ މައްސަލަ މިހާރު ދަނީ ގައްދޫ ޕޮލިސް ސްޓޭޝަނުން އިތުރަށް ތަހުގީގު ކުރަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *