ބޮލީވުޑްގެ އެންމެ ކުޅަދާނަ އެއް ޒުވާން ބަތަލާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "ސަޑަކް 2" މިއަންނަ އަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ ގޮތަށް ނިންމައިފިއެވެ.

މަޝްހޫރު ޑައިރެކްޓަރު މަހޭޝް ބަޓް ޑައިރެކްޓްކުރާ "ސަޑަކް 2" ކުރިން ރިލީޒް ކުރާ ގޮތަށް އޮތީ މިއަންނަ އަހަރުގެ މާޗް މަހުގެ 25 ގައެވެ. ނަމަވެސް އެ ފިލްމުގެ ޓީމުން ވަނީ ރިލީޒް ކުރާ ތާރީޚް ފަސްކޮށްފައެވެ.

"ސަޑަކް 2" އަކީ މަހޭޝް 20 އަހަރު ފަހުން ޑައިރެކްޝަނަށް އެނބުރި އައި ފިލްމެވެ. އަދި އެ ފިލްމަކީ އޭނާ 1991 ގައި ގެނެސް ދިން "ސަޑަކް" ގެ ދެވަނަ ބައެވެ.

މި ފަހަރު ފިލްމުގެ ކާސްޓުންނަކީ ފުރަތަމަ ބައިގައި ބަތަލާގެ ރޯލް ކުޅުނު މަހޭޝް ދޮށީ އަންހެން ދަރިފުޅު ޕޫޖާ ބަޓާއި ހަގު އަންހެން ދަރިފުޅު އާލިއާ ބަޓާއި ފުރަތަމަ ބައިގެ ބަތަލު ސަންޖޭ ދަތުގެ އިތުރުން އަދިތިޔާ ރޯއި ކަޕޫރެވެ.

"ސަޑަކް 2" ވެފައިވަނީ، އާލިއާ އޭނާގެ އާއިލީ ފިލްމު ކުންފުނި ވިޝޭޝް ފިލްމްސްއަށް ކުޅޭ ފުރަތަމަ ފިލްމެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *