ހުޅުމާލޭ އިރުމަތީ ފަރާތުގެ ބީޗު ސަރަހައްދު އެކި ފަރާތްތަކުން ވިޔަފާރީގެ އުސޫލުން ބޭނުންކުރަން ދޫކޮށްލާފައި އޮތީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށްވުމުން، ގަވައިދާ ޚިލާފަށް އެކަން ކުރަމުންދާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އަށް އަންގައިފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

އޭސީސީން މިހެން ބުނީ، އެއްވެސް އުސޫލެއް ނެތި ހުޅުމާލޭ އިރުމަތީ ފަރާތު ބީޗް ސަރަހައްދު އަމިއްލަ އެކި ފަރާތްތަކުން ވިޔަފާރި ބޭނުމަށް ބޭނުންކުރަމުންދާއިރު ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީން)ގެ ފަރާތުން އެއްވެސް ފިޔަވަޅެއް ނާޅާ، އެފަރާތްތަކަށް ނާޖާއިޒް މަންފާ ލިބޭގޮތަށް އަމަލުކުރަމުންދާކަމަށް ބުނާ މައްސަލައެއް ބެލުމަށް ފަހު އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގެވެ.

އެ ބަޔާނުގައި އޭސީސީން  ބުނީ މި އަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށް ގަވައިދާއި ހިލާފަށް ހުރި ތަންތަން  ހުސްކުރަން އެޗްޑީސީން އިއުލާނެއް ކުރި ކަމަށާއި، އެ އެންގުމާ ގުޅިގެން ބައެއް ފަރާތްތަކުން އެ އެންގުމަށް އަމަލުކުރި ކަމަށެވެ. އަދި އެ އެންގުމާއި އެއްގޮތައް އަމަލު ނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އެކްޝަން ޕްލޭނެއް ހަދާފައި ވަނިކޮށް، އެ ފަރާތްތަކަށް ފިޔަވަޅު ނޭޅުމަށާއި އެންގުމާ އެއްގޮތަށް އަމަލުކުރި ފަރާތްތަކަށް ވަގުތީ ހުއްދައެއް ދިނުމަށް އެޗްޑީސީން ނިންމާފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.

އޭސީސީގެ ބަޔާނުގައި ވަނީ އެޗްޑީސީގެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެގޮތުން ވަކި ބަޔަކަށް އެ ހުއްދަ ދިނުމަށް ނިންމާފައިވާ ނިންމުމަކީ ޒިންމާދާރުގޮތެއްގައި ނިންމާފައިވާ ނިންމުމެއް ނޫންކަމާއި އޭގެ ސަބަބުން ވަކި ބަޔަކަށް ނާޖާއިޒު ގޮތުގައި މަންފާ ނެގުމަށް ފުރުސަތު ލިބިގެންދާކަމަށް އޭސީސީގެ ބަޔާނުގައި ބުނެފައިވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *