ދ. ވާނީގައި ފުލުހުން ތަމްރީނުކުރުމަށް ޚާއްސަކޮށްފައިވާ ޓްރެއިނިންގ ސްކޫލުގައި ތަފާތު ޕްރޮޖެކްޓްތަކެއް ހިންގުމަށް 7 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދެއްވައިފިއެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ރާއްޖޭގެ އިޖްތިމާއީ-އިޤްތިޞާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ވަނީ ދިވެހި ރާއްޖެއަށް 100 މިލިއަން ދިވެހި ރުފިޔާގެ އެހީއެއް ދެއްވައިފައެވެ.

ދ. ވާނީގައި ހުންނަ ޓްރެނިންގ ސެންޓަރުގެ މަޤްސަދަކީ ފުލުހުންނަށް ބޭނުންވާ ޒަމާނީ ތަމްރީނާއި ފުލުހުންގެ މަސްއޫލިއްޔަތު އެންމެ ރަނގަޅަށް އަދާކުރުމަށް ބޭނުންވާ ހުނަރާއި ޤާބިލްކަން އިތުރުކުރުމެވެ.

އިންޑިއާ ސަރުކާރުން ރާއްޖެއަށް 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް ދިނުމަށް އެއްބަސްވީ، މި އަހަރުގެ މާރޗްމަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *