ޚަބަރު
ވަޒީފާގެ ޔަގީންކަން ޒުވާނުންނަށް ފަހިވާނެ: އަސްވާޑް

މި ސަރުކާރުގެ ރޭވުމުގެ ދަށުން ވަޒީފާގެ ޔަގީންކަން ޒުވާނުންނަށް ފަހިވެގެންދާނެ ކަމަށް ޔޫތް މިިނިސްޓަރު އިބްރާހީމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެ އެވެ.

އަސްވާޑް މިފަދައިން ވިދާޅުވީ މިރޭ ޕީއެސްއެމް ސްޓޫޑިއޯގައި ބޭއްވި “އަހާ” ސިލްސިލާގެ ތިން ވަނަ ފޯރަމްގައި ވާހަކަދައްކަވަމުން ނެވެ.

އާންމު މީހެއްގެ ސުވާލަކަށް ޖަވާބުދެއްވަމުން ޔޫތް މިނިސްޓަރު ވިދާޅުވީ ޔޫތް ސެންޓަރުތަކުގެ ހާލަތު ބެލުމަށް ޔޫތް މިނިސްޓްރީގެ އެސޯސިއޭޓްސް ރަށްރަށަށް އެބަ ފޮނުވާ ކަމަށެވެ. އަސްވާޑް ވިދާޅުވީ ޒުވާނުންގެ މަރުކަޒުތައް ތަރައްގީ ކުރުމަށް ޔޫތް މިނިސްޓްރީން ސްޕޯޓްސް މިނިސްޓްރީއާއި ގާތުން މަސައްކަތްކުރާ ކަމަށެވެ.

“އަޅުގަނޑު މިވުޒާރާއާއި ހަވާލުވިފަހުން ވަރަށް ގިނަ ރަށްރަށަށް އަޅުގަނޑަށް ދެވިއްޖެ. ރަނގަޅަށް ފުލީ ފަންކްޝަން ކުރާ ޔޫތް ސެންޓަރެއް ނެތޭވެސް ދެންނެވިދާނެ. އެންމެ ކުރީ ޒަމާނުގެ އޯލްޑް މޮޑެލްގައި ހުރި ސެންޓަރުތަކެއް ހުރީ.”

މިނިސްޓަރު ވިދާޅުވިގޮތުގައި އެތަންތަނުގައި މިހާރު ރާއްޖޭގެ ޒުވާނުން ކުޅެ ހަދަން ނުވަތަ މުނިފޫހިފިލުވުމަށް އެންމެ ރަނގަޅު ވަސީލަތްތައް ނުވެސް ނެތް ކަމަށެވެ. އެހެން ނަމަވެސް މިހާރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއިއެކު ހައްދަވާ ޔޫތް ސެންޓަރުތަކުގެ ޒަރީޔާއިން ވަޒީފާގެ ފުރުސަތުތައް އިތުރުވެގެންދާނެ ކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވި އެވެ.

“މިވަގުތު ޔޫތް ސެންޓަރެއްގައި މި ހުންނަނީ އެންމެ މީހެއް. އެހެން ނަމަވެސް ރަނގަޅު ފެސިލިޓީތަކާއިއެކު އަލުން ޔޫތް ސެންޓަރުތައް ގާއިމުކުރެވިގެންދާއިރު ހަމަ ރަށު ފެންވަރުގައި ރަނގަޅު ވަޒީފާތައް ތިބޭފުޅުންނަށް ލިބި، ދާއިމީ ވަޒީފާތައް ލިބިގެންދާނެ” މިނިސްޓަރު ވިދާޅުވި އެވެ.

4
ކިޔުންތެރިންގެ ޚިޔާލު

Leave a Reply

Your email address will not be published. Required fields are marked *

Home
Menu
Search
Back to top