ރައްޔިތުންނަށް ނުރައްކަލެއް އޮތްނަމަ ސިއްރުނުކޮށް، އެ މައުލޫމާތު ހާމަ ކުރައްވާނެ ކަމަށް ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓާ ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވެއްޖެ އެވެ.

އިއްޔަ އިރުއޮއްސުނު ވަގުތުން ފެށިގެން ސިފައިންނާއި ފުލުހުން ގުޅިގެން ތަމްރީނެއް މާލޭގައި ފަށާފައިވާއިރު، ތިން ދުވަހަށް ކުރިއަށްދާ އެ ތަމްރީނުގައި ވެހިކަލްތައް ހުއްޓުވައި ބަލައި ފާސްކޮށް މީހުން އެއްވެ އުޅޭ ތަންތަނާއި މުހިންމު އިދާރާތަކުގައި ސިފައިން ދަނީ ފޯރިމަރަމުންނެވެ. 

ފުލުހުންނާއި ސިފައިން ގުޅިގެން ކުރިއަށް ގެންދާ މި ތަމްރީންތަކުގެ ސަބަބުން ބައެއް ފަރާތްތަކުން ވަނީ އެ ތަމްރީންތަކަކީ ރާއްޖެއަށް ނިރުބަވެެރި ހަމަލާއެއް ދޭން އުޅޭ ކަމުގެ ބިރު އޮތުމުން ކުރިއަށްގެންދާ ތަމްރީންތަކެއް ކަމަށް ބުނެފައެވެ. 

ނަމަވެސް އެކަން ދޮގުކުރައްވާ ދައުލަތުގެ މީޑިއާ، ޕީއެސްއެމްއަށް ދެއްވި އިންޓަވިޔުއެއްގައި، ޒަކަރިއްޔާ ވިދާޅުވީ، މި ސަރަހައްދުގައި ހިނގާ ކަންކަމަށް ދިވެހިން ލޯހުޅުވިފައި ތިބެންޖެހޭ ކަމަށާއި ދިމާވެދާނެ ކަމަކަށް ސަލާމަތީ ބާރުތަކުން ތިބޭނީ ތައްޔާރުވެ ކަމަށެވެ. 

ފުލުހުންނާއި ސިފައިން ރޭ ނެރުނު ބަޔާނުގައި ބުނީ ސަލާމަތީ ބާރުތައް ގުޅިގެން ކުރިއަށްގެންދާ ފަރިތަކުރުންތަކަކީ ވަކި ހާއްސަ ކަމަކާއި ގުޅިގެން ނުވަތަ ނުރައްކާތެރި ހަމަލާއެއް ދޭން އުޅޭ ކަމަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ކުރިއަށްގެންދާ ތަމްރީނުތަކެއް ނޫންކަން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *