ހުޅުމާލޭގައި ގޮވީ ސާފު އަޅާފައި އޮތް ފުޅިއެއް ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ވިދާޅުވީ، މިރޭ 22:10 ހާއިރު ހުޅުމާލޭ، 16 ނަންބަރު ފްލެޓް ކައިރިން ބާރު ގަދަ އަޑެއް އިވިގެން އާންމު ފަރާތަކުން ފުލުހުންނަށް ރިޕޯޓް ކުރުމުން، ފުލުހުން އެ ސަރަހައްދަށް ގޮސް ބެލި ބެލުމުން ސާފު ލިކުއިޑް އަޅައިގެން ގޮއްވާލާފައި އޮތް ފުޅިއެއް 16 ނަންބަރު ފްލެޓާއި 18 ނަންބަރު ފްލެޓުގެ ދެމެދުން ފެނިފައިވާ ކަމަށެވެ.
އަދި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހަކު އަދި ނެތް ކަމަށާއި އެ މައްސަލަ ބަލަމުން އަންނަ ކަމުގައި ފުލުހުން ބުނެފައިވެއެވެ.