ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކޮށް ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފިއެވެ.

ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން މިރޭ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ، ގުގުރުމާއިއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީ އަދި، ވިލާގަނޑުގައި 40 މޭލް ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާ ކުރެވޭތީ، ތ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަށް ވައިޓް އެލާޓް ނެރެފައިވާ ކަމަށެވެ.

ތ.އަތޮޅާއި، އައްޑޫ ސިޓީ ހިމެނޭ ސަރަހައްދުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައިވަނީ، މިރޭ 21:00 ފެށިގެން މިރޭ މެންދަމު 2:00 އަށެވެ. އަދި އެލަރޓް ނެރެފައިވާ ގަޑިތަކުގައި އެ ސަރަހައްދަށް ގަޑިއަކު 40 މޭލު ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް މެޓްއިން ބުނެފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *