މިދިޔަ އެޕްރީލް މަހު 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާ އާ ގުޅިގެން އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސަރވިސް ގުޅިގެން ކުރިއަށް ގެންދާ ސިލްސިލާ ފަރިތަކުރުންތައް މި ހިނގާ މެއި މަހުގެ 5 ވަނަ ދުވަހު ފަށާފައިވާއިރު، މިއަދު ފެށުނީ އެ ސިސްސިލާގެ ދެވަނަ ތަމްރީނު ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންފުން ވިދާޅުވީ، މިއަދު ކުރިއަށް ގެންދެވޭ ފަރިތަކުރުންތަކަކީ ވަކި އިތުރު ކަމެއް މެދުވެރިގެން ކުރިއަށް ގެންދާ ފަރިތަކުރުންތަކެއް ނޫންކަމަށެވެ. ނަމަވެސް އެއްވެސް ހާލަތެއްގައި ޝައްކުވާ ޒާތުގެ ކަމެއް ހިނގާނަމަ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ހިލޭ ގުޅޭ ނަންބަރު: 1615 އަށް ނުވަތަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހިލޭ ގުޅެ ނަންބަރު 119 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން މިރޭ 10:00 ޖެހީއިރު ފެށި މި ތަމްރީނުތަކުގައި މާލެއާއި އަތޮޅުތެރޭގައި ހަރަކާތްތެރިވަމުން އަންނަ ފުލުހުންނާއި ސިފައިންވެސް ބައިވެރިވާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

އެމްއެންޑީއެފުން ބުނީ އެ ތަމްރީނުތަކުގައި ހަތިޔާރާ އެކު އަތޮޅުތެރެ އާއި މާލޭގައި ސިފައިން ހަރަކާތްތެރިވާނެ ކަމަށެވެ. އަދި ފުލުހުންނާއި ސިފައިން ގުޅިގެން އެއްގަމާއި ކަނޑުގެ އުޅަނދުތައް ވެސް ޗެކް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *