ގދ. ގައްދޫގައި އަލަށް އިމާރާތް ކޮށްފައިވާ ސްކޫލު ކައިރީގައި އެމްޑަބްލިޔުއެސްސީ އިން ބާއްވައިފައި އޮތް ބޮޑު ކަރަންޓް ކޭބަލެއް ބުރިކޮށްލައިފިއެވެ.
ފުލުހުން ވިދާޅުވީ، މި މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ މޭ މަހުގެ 18 ވަނަ ދުވަހުގެ ރޭގަނޑު 23:00 ގައި ކަމަށެވެ.
މި މައްސަލައާއި ގުޅިގެން މޭ މަހުގެ 20 ވަނަ ދުވަހު ވަނީ 34 އަހަރުގެ ފިރިހެނަކާއި، 36 އަހަރުގެ ފިރިހެނެއްގެ އިތުރުން 42 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައި ކަމަށް ފުލުހުން ވިދާޅުވެފައިވެ.
މީގެ އިތުރުން މި މައްސަލައިގައި ފުލުހުން ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވާދޫ މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.