ހުޅުމާލޭގައި އެޗްޑީސީއިން ތަރައްގީ ކޮށްފައިވާ ރަށު މާރުކޭޓުގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދަން އިއުލާންކޮށްފިއެވެ.
މިކަން ހާމަކުރައްވާ އެޗްޑީސީއިން ކުރި އިއުލާންގައިވަނީ ޕްރީ ބިޑް މީޓިން އޮންނާނީ ބުރާސްފަތި ދުވަހުގެ 13:00 ގައި ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ އިމާރާތުގައި ކަމަށެވެ. މީގެ އިތުރުން ބިޑަށް ހުށެހެޅުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހުން ފެށިގެން ހުޅުވާލެވޭނެ ކަމަށްވެސް އެ އިއުލާންގައި ބުނެފައިވެއެވެ.
ރަށު މާރުކޭޓު ހަދާފައިވަނީ ދެ ވައްތަރެއްގެ ގޮޅިތަކަކަށް ބަހައިގެންނެވެ. އެއީ ޑްރައި ސްޓޯލާއި ވެޓް ސްޓޯލްތަކެވެ. ޑްރައި ސްޓޯލުތަކަކީ ކާބޯތަކެތި ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ. އަދި ވެޓް ސްޓޯލުތަކަކީ ރޯމަސް ވިއްކުމަށް ހަމަޖައްސާފައިވާ ގޮޅިތަކެވެ.
ހުޅުމާލޭގައި ދިރިއުޅޭ މީހުންނާއި ހުޅުމާލެއަށް ދާ މީހުންނަށް ރާއްޖޭގައި ހައްދާ މޭވާ އާއި ތަރުކާރީ އާއިި ދިވެހި އުފެއްދުންތަކުގެ އިތުރުން ރޯމަހުގެ ބާވަތްތައް ފަސޭހަކަމާ ފަސޭހައިން ލިބޭނެ ގޮތަށް ހަދާފައިވާ މި މާރުކޭޓުގެ ގޮޅިއެއްގެ ބޮޑު މިނުގައި ހުންނަނީ 69 އަކަފޫޓެވެ.